Thursday, March 11, 2010

ވަޤުތު ފާއިތުވުމުގެ ކުރިން

އާދަމް ނިޝާން އަލްމާލްދީފީ
ކާއްޓާއި މަސްކޮޅަކާއި ކާލައިގެން އަތިރިމަތީގެ ހޮޅުއަށީގައި ނުވަތަ ގޭގެ ޖޯލިފަތީގައި އަތް އުރާލައިގެން ވާހަކަ ދައްކާލައި އަރާމު ކުރުމުގައި ހޭދަކުރި ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެކުދިންގެ ދުވާލުގެ ޙަޔާތުގެ ވަޤުތުތައް ހޭދަ ކުރުމަށްޓަކައި އަތިރިމަތީގައި ބަތްކައްކާ ކުޅެން އުޅެ މޫދަށް އެރި މަޖާ ކުރަން އުޅުނު ދުވަސް ވެސް ފާއިތުވެ ހިނގައްޖެއެވެ.(އިތުރަށް ވިދާޅުވޭ)

Wednesday, March 3, 2010

އިސްލާމްކަމަކީ ކޮބައިކަން ފަހެ އެނގޭ ހެއްޔެވެ؟

آدم نشان المالديفي
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޙަޤީގަތަކީ މިއީކަމުގައި ވާއިރު، އަޅުގަނޑުމެން ނިދާފައި މިވާ ޖާހިލުކަމުގެ ނިދިން ހޭލަން އެބަޖެހެއެވެ. މިހެން ދެންނެވުމުން ފަހަރެއްގައި މިކަމަކީ މާބޮޑުކަމެއް ކަމުގައި ހީނުވެ ހިނގައިދާނެއެވެ. އެހެންކަމުން އަޅުގަނޑު ތިޔަ އެންމެހައި އަޚުންނާއި އުޚްްތުންނަށް ނަޞޭޙަތްތެރި މިވަނީ ތިބާއަކީ ފުރިހަމަ މުސްލިމެއް ކަމުގައި ވާން އެދޭ މީހެއް ނަމަ، ތިރީގައި މިބަޔާންކުރާ ކަންތައްތަކާއި މެދު އަމިއްލަ ނަފްސާއި ސުވާލުކޮށްލުމަށެވެ. (އިތުރަށް ވިދާޅުވޭ)

Saturday, February 13, 2010

ވަރަށް އަސަރުކުރި ހުވަފެނެއް!

ޢަލީ މާހިރު، މާހިރީމަންޒިލް، ހއ. އިހަވަންދޫ.
އާދައިގެމަތިން ޢިޝާ ނަމާދު ކޮށްލުމަށްފަހު ރޭގަނޑުގެ ކެއުން ނިންމާލައިގެން ކުޑަކޮށް ޓީވީ ބަލައިލުމަށްޓަކައި ޓީވީ ކައިރީ އިށީނދެލީމެވެ. ނަމަވެސް މާގިނަ އިރުތަކެއްނުވެ ނީދީގެ އަސަރު މުޅިހަށިގަނޑުގައި ދައުރުވާންފެށިއެވެ. ބޭއިޚްތިޔާރުގައި އާފުރޭގޮތް ވެއްޖެއެވެ. ދެންނުވާނޭ ހިތަށްއެރީމާ އެތަނުން ތެދުވެގެން ގޮސް ނިދާ ކޮޓަރިއަށް ވަދެ އެނދުމަތި ފޮޅާލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތީމެވެ. އިސާހިތަކު މުޅި މީހާ ލޮޑުވެ ނިދީގެ ސާލަކުން މުޅި މީހާ ބަނދެލިއެވެ. މާގިނަ އިރުތަކެއް ވީހެނެއް އަހަރެންނަކަށް ހިޔެއްނުވެއެވެ. އަހަރެންނަށް ވަރަށް ސާފު އަދި އެހާމެ އުޖާލާ މަންޒަރުތަކެއް ފެންނަން ފެށިއެވެ.(އިތުރަށް ވިދާޅުވޭ)

Friday, February 12, 2010

ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅުވާދޭން އުޅުނު މުއުމިނު އަންހެނާގެ ވާހަކަ.

ވީޑިއޯ
ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅުވާދޭން އުޅުނު މުއުމިނު އަންހެނާގެ ވާހަކަ.
(ވީޑިއޯ ބައްލަވާ!)

Thursday, February 11, 2010

ތުނބުޅި ދިގުކުރުމުގެ ޥާޖިބުކަން

ދީނީ ފޮތް
ކީރިތި ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްވާ އިސްލާމުންގެ ކަންކަމާއި މެދު އަހުރެން އެންމެ ބޮޑަށް ޢަޖާއިބުވާ ކަމީ އެމީހުން އެކަލޭގެފާނުގެ ޞޫރަފުޅަށާއި ވައްތަރަށް އަދި އެކަލޭގެފާނުންގެ ފޭރާންކޮޅަށާއި ސިފަފުޅަށް ލޯބި ނުކުރާކަމެވެ. އެބައިމީހުން ތުނބުޅިވެސް ބާލާ އޮމާންކުރާކަމެވެ. ސަލާމާއި ޞަލަޥާތް ލެއްވި މާތް ނަބިއްޔާގެ ބަސްފުޅާއި ޢަމަލުފުޅަށް މިބާވަތުގެ އެންމެހާ ކަންކަމުގައިވެސް އިޤްތިދާއު ނުވާކަމެވެ. ތަބާޢް ނުވާކަމެވެ. ޞައްޙަ ޙަދީޘް ފޮތްތަކުގައްޔާއި، އަދި ހަތަރު މަޛްހަބްގެ ފޮތްތަކުގައި ޞަރީޙަކޮށް ބަޔާން ކުރައްވާފައިވާ ފަދައިން ތުނބުޅި ބޭލުމަކީ ބޮޑުވެގެންވާ މުންކަރާތެކެވެ. އަދި ނުބައިވެގެންވާ ފާފައެކެވެ.

އާދެ! ތުނބުޅި ދިގުކުރުމަކީ ހަމަ ކަނޑައެޅިގެން ޥާޖިބު ކަމެކެވެ. ތުނބުޅި ބޭލުމަކީ ކަނޑައެޅިގެން ޙާރާމް ކަމެކެވެ. މިހެންދެންނެވީ އަޅުގަނޑެއް ނޫނެވެ. ކީރިތި ނަބިއްޔާއެވެ. އަދި އެކަލޭގެފާނަށްފަހު އައި ދީނުގެ ދަންނަބޭކަލުންނެވެ. މަޝްހޫރު ހަތަރު މަޛްހަބުގެ އިމާމުންނާއި އެބޭކަލުންގެ ދަރިވަރުންވެސްމެއެވެ. ވީމާ މައްސަލައަކީ އޮޅެންވީ މައްސަލައެއް ނޫނެވެ. ނުހަނު ސާފުކޮށް އަލިކޮށް އޮތް މައްސަލައެކެވެ. ދީނުގެ ޢަދާޥާތްތެރިންގެ އޮއިވަރުގައި ޖެހި ބެހިގެން ގޮސްފައިވާ މީހަކު މެނުވީ މިކަމާ އިންކާރެއް ނުކުރާނެއެވެ. ކިތަންމެ ބަޔަކު ޤަބޫލު ނުކުރިޔަސް އަދި ނުރުހި ތިިއްބަސް ޙައްޤުވާނީ ހަމަ ޙައްޤަށެވެ. (އިތުރަށް ވިދާޅުވޭ)

Monday, February 8, 2010

حَيَّ عَلَى الصَّلاَة - ނަމާދަށް އަވަސްވެ ގަންނާށެވެ.

ކުޑަކުދިންގެ މަދަހަ
މިމަދަހައަކީ ކުޑަކުދިންނަށް ނަމާދުގެ މުހިއްމުކަން އުންގަންނައިދިނުމަށްޓަކައި ހަދާފައިވާ ޢަރަބި މަދަހައެއްގެ ތަރުޖަމާއެވެ.

Sunday, February 7, 2010

ކައިވެނި އަލުން ރުޖޫޢަ ކުރުން.

آدم نشان المالديفي
ސުވާލު:
ފުރަތަމަ ފަހަރު ވަރިކޮށްފައި ޢިއްދައިގާ އިންދާ ރުޖޫޢަ ކުރީއެވެ. ޢިއްދަ ހަމަނުވަނީސް ރުޖޫޢަކޮށްފައި އަނެއްކާ ދިމާވި ކަމަކާއި ގުޅިގެން ވަރިކުރީއެވެ. އޭރުވެސް ފުރަތަމަ ވަރީގެ ޢިއްދާ ހަމަ ނުވެއެވެ. ސުވާލަކީ މިމުއްދަތުގެ ތެރޭގައި އަލުން ރުޖޫޢަ ކުރެވިދާނެތޯއެވެ؟

Saturday, February 6, 2010

ތިބާ ކީރިތި ޤުރުއާން ހިތުދަސްކުރަން ކިހާ މުއްދަތެއް ނަގާނޭހެއްޔެވެ؟

آدم نشان المالديفي
ތިރީގައިމިވާ ޖަދުވަލުން (ތާވަލުން) އެދައްކައިދެނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހިތުދަސްކުރުމުގެ ފެންވަރު ހުރި މިންވަރަކުން، ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ޤުރުއާން ހިތުދަސް ކުރަން ނަގާނޭ މުއްދަތެވެ.(އިތުރަށް ވިދާޅުވޭ)

Thursday, February 4, 2010

އިސްލާމީ ނަޒަރަކުން ޖަނަވާރުންގެ ޙައްޤުތައް!

އަލްއަޚް މުޙައްމަދު ސިނާން
މަޢުޟޫއަށް ދިޔުމުގެ ކުރިން، ޙައްޤުތައް ދިފާޢުކުރުމުގެ ނަމުގައި ހެދުން އަޅައިގެން، އަޑުގަދަކުރަމުންދާ ހުޅަނގުގެ ޤައުމުތަކުން، އެބައިމީހުންގެ އެދުންތައް ޙާޞިލުކުރުމަށްޓަކައި، ޖަނަވާރުތަކުގެ ޙައްޤު ނިގުޅައިގަންނަ ހާދިސާއެއް ފޮޓޯއާއިއެކު ބައްލަވާ ލައްވާށެވެ. ރަޙުމެއް ހުންނަ ހިތެއްގެ ވެރިޔަކަށް ބައެއް ފޮޓޯތައް ބެލުމަށް ނުކުޅަދާނަވެދާނެއެވެ. ނަމަވެސް ޙަޤީޤަތް ބަޔާންކޮށްދިނުމުގެ ގޮތުން މިފަދަ ފޮޓޯވެސް ހިމަނާލީމެވެ. ފޮޓޯއިން ތިފެނިވަޑައިގަންނަވަނީ ފުރާންސްގައި މަޝްހޫރު ކެއުމުގެ ބާވަތެއްކަމުގައިވާ "ފޮއި ގުރަސް"(Foi Gras) އިނގިރޭސިބަހުންނަމަ "ފެޓީ ލިވަރ" (Fatty liver) ކިޔާ ބާވަތެއްގެ ކެއުމެކެވެ. މިކެއުން ތައްޔާރުކުރަނީ، އަސްދޫނި ނުވަތަ އެއާއިލާގެ "ގޫސް" ކިޔާބާވަތުގެ އަސްދޫންޏަށް ގަދަކަމުން ކާންދީގެނެވެ. ގިނައިން ކާންދިނުމުގެ ސަބަބުން މޭ ފަލަވެ ބޮޑުވެއެވެ. މިކެއުން ތައްޔާރުކުރާގޮތް ބައްލަވާ ލައްވާ! (އިތުރަށް ވިދާޅުވޭ)

Sunday, January 31, 2010

މީލާދީން 2010 ފެށުނުއިރު - މުސްލިމުންނާއި ދެކޮޅަށް ކުރާ ހަނގުރާމަތައް ކުރިއަށް!

ޢަލީ އަޙްސަން އިޙްސާން
ދެހާސް ދިހަވަނަ އަހަރު އަޅުގަނޑުމެންނަށް މަރުހަބާ ކިޔާފައިވަނީ 2009 އަހަރު އަޅުގަނޑުމެން މުސްލިމުންނަށް ކުރިމަތިވި ބަޔާންނުކުރެވޭހާ ގިނަ ގުނަ ގެއްލުންތަކާއި އެކުގައެވެ. މުސްލިމު ޤައުމުތަކަށް ރަތްލާޖެހި ކާފަރުން ދެމުން ގެންދާ ހަމަލާތަކަށް ކެތް ނުވެގެން އެތައް ހާސް މުސްލިމުންނެއް ވަނީ މިދުނިޔެއާއި ވަކިވެފައެވެ. (އިތުރަށް ވިދާޅުވޭ)